އާދިއްތަ, November 1
ކުޑަ ކުއްޖަކަށް ގޭގައި ގެންގުޅޭ ބިދޭސީއަކު އަނީޔާ ކުރި މައްސަލައެއް ބަލަން ފަށައިފި

3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އެގޭގައި ގެންގުޅޭ ނޭޕާލް އަންހެނަކު އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާލޭގެ ގެއެއްގައި 3 އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލް އަންހެނަކު އަނިޔާކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު