Saturday, October 31
އޭސީސީއަށް ދެ މެންބަރުން އައްޔަންކުރުމާ ބެހޭ މައްސަލަ ކޮމިޓީއަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދެ މެންބަރުން އައްޔަންކުރުމާ ގުޅޭ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އޭސީސީއަށް ދެ މެންބަރުން އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅީ ދައުރުން ބޭރުން މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައެވެ.

އޭސީސީއަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވީ އަޙްމަދު ނާޝިދާއި، ޢަބްދުﷲ ނާޝިދުގެ ނަމެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަނެ، މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އޭސީސީގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޢަބްދުއްސަލާމާއި، މެންބަރު ޠާހާ މުޙައްމަދު މަގާމުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނިކޮށް އެ ދެ ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު