އާދިއްތަ, November 1
ވ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 21:15 އިން ފެށިގެން 1:00 އާ ހަމައަށެވެ.

އަދި މި ވަގުތުތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރު ފަތުރު ކުރާއިރު ސަމާލުވާން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ކުރިން ބުނެފައެވެ.

އަދި މެޓުން ނެރޭ އެންމެފަހުގެ މޫސުން ލަފާކުރާގޮތާއި މޫސުމީ ސަމާލާއި އިންޒާރުތައް އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު