Saturday, October 31
ކްރިކެޓް ބޯޑުގެ މި އަހަރުގެ މެންބަރުންގެ ދަފްތަރު އާންމުކޮށްފި

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް މެންބަރުންގެ ދަފްތަރު 2025 އާންމުކޮށްފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މިއަދު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު ގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެކުލަވައިލައިިފައިވާ 2025 ވަނަ އަހަރުގެ މެންބަރުން ގެ ދަފްތަރު އާންމުކޮށްފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އާންމުކުރި ދަފުތަރުގައި 14 ފުރިހަމަ މެންބަރުން ހިމެނެއެވެ. އަދި އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ވެސް 14 ފަރާތެއް ހިމެނެއެވެ.

ފުރިހަމަ މެންބަރުން:

ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސް (ސީ.ބީ.އެލް)

މިލާން ކްރިކެޓް އެކަޑެމީ

އެމް.އެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކަޑެމީ

މާލޭ ސްޕޯޓްސް ކްލަބް

ނިއު ސްޓާ ކްލަބް

މާލޭ ވެޓެރަންސް ކްލަބް

ފުވައްމުލަށް ކްރިކެޓް އެކަޑަމީ

ވިލިންގިލި ޔޫތް އެންޑް ސްޕޯޓްސް އެސޯސިއޭޝަން

ހިންނަވަރު ހިރިޔާ

އޮފު ފުޓްބޯލް ކްލަބް

އަފްލާހް އިޝާމާ ޒީޝާން ޔޫސުފް ސްޕޯޓްސް ކްލަބް (އައިޒީ)

ބީ.ޖީ ސްޕޯޓްސް

ކޮމެޓްސް ކްރިކެޓް ކްލަބް

ވެސްޓް ސްޕޯޓްސް  ކްލަބް

އެސޯސިއޭޓް މެމްބަރުން:

ކަސްޓަމްސް ރެކްރިއޭޝަން ކްލަބް

ޔުނައިޓެޑް ވިކްޓްރީ

ދިވެހި ސިފައިންގެ ކްލަބް

ޕޮލިސް ކްލަބް

ޖަމާލުއްދީން ސްކޫލް

ތާޖުއްދީން ސްކޫލް

މުޙްޔިއްދީން ސްކޫލް

މަޖީދިއްޔާ ސްކޫލް

އިސްކަންދަރު ސްކޫލް

ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް

ދަރުމަވަންތަ ސްކޫލް

އިމާދުއްދީން ސްކޫލް

ކަލާފާނު ސްކޫލް

މި ދަފްތަރު އެކުލަވާ ލެވިފައިވަނީ 2024 ވަނަ އަހަރު އެ ބޯޑުގެ މެންބަރުން ސީބީއެމްއިން ރާވާ ހިންގި ރަސްމީ މުބާރާތްތަކުގައި ބައިވެރިވެފައިވާ ގޮތުގެ މައްޗަށް ބަލައިގެން ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު