Saturday, October 31
މާލެ ސަރަހައްދުގައި ޖަމާއަތްތެރިން ތަމްރީނުކުރުމުގެ އައު ބުރެއް ފަށަނީ

މާލެ ސަރަހައްދަށް އަމާޒުކޮށްގެން، ޖަމާއަތްތެރިން ތަމްރީނުކުރުމުގެ އައު ބުރެއް ފަށަން ނިންމާފައިވާ ކަމަށް ކީރިތި ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން މިއަދު ބުނެފިއެވެ.

އެ މަރުކަޒުުން މިއަދު ބުނީ މާލެ ސަރަހައްދަށް އަމާޒުކޮށްގެން 02 ފެބްރުއަރީ 2025 ގައި ޖަމާއަތްތެރިކަމުގެ އައު ބުރެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކީރިތި ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެހަފްތާގެ މުއްދަތަށް ކަމަށެވެ.

މި ޕްރޮގްރާމްގެ ކިޔެވުން ކުރިއަށް ދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:15 އިން 21:15 އަށް ކަމަށް ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

މިކަމަށް ޝައުގުވެރި ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ގޫގުލް ފޯމް ( https://forms.gle/y4GEPbPMQ4Nah7cv7 ) ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު