Saturday, October 31
ޝުޢައިބު އަވަހާރަވުމާ ގުޅިގެން ކޯޓުތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވުމާ ގުޅިގެން ކޯޓުތަކުގެ ދިދަތައް ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުން މިރޭ ބުނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މާދަމާގެ އިރުއޮއްސި 18:00 އަށް ކޯޓުތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާން ނިންމަވާފައިވާ ކަމަށެވެ.

އުމުރުން 55 އަހަރުގައި ޝުޢައިބު އަވަހާރަވީ މާލޭގައެވެ. އެނގިފައިވާ ގޮތުގައި ޝުޢައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޝުޢައިބުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 23:00 ގައި އާސަހަރާ މިސްކިތުގައެވެ.

ޝުޢައިބު ވަނީ 11 އަހަރު ވަންދެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރައްވައިފައިވަނީ 2011 ވަނަ އަހަރުގެ މާޗުމަހުގެ 26 ގައެވެ. އެ މަގާމުން ރިޓަޔާ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު