Saturday, October 31
އަދީބާއި އެސްއޯއެފްގެ ވެރިންނާއެކު ހެދި އެއްބަސްވުންތައް އުވައިލައިފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ޚިޔާނާތުގެ ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނީގެ ފަރާތްތަކާއެކު ހެދި އެއްބަސްވުންތައް މިއަދު އުވައިލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އަދީބާއި، އިތުރު ތިން މީހެއްގެ އިމިއުނިޓީ އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށެވެ.

އަދީބުގެ އިތުރުން ދެން ހިމެނޭ މީހުންނަކީ މ.ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާހު ޢަލީއާއި، މ.ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފާއި، ގ.އޮއިވާލި، މުޙައްމަދު ޙުސައިނެވެ.

އެ މީހުންނާއެކު ދައުލަތުން އެއްބަސްވުން ހެދީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.

ޕީޖީ އޮފީހުން ބުނީ އެ މަގުސަދާ އެއްގޮތަށް އެއްބަސްވުން ހަދާފައިވާ މީހުންގެ ފަރާތުން މައްސަލާގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުންނުދާ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންވެ މި އެއްބަސްވުންތައް ނިމުމަކަށް ގެންނަން ޕީޖީ ޢައްބާސް ޝަރީފް ނިންމެވީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިގޮތަށް ނިންމުމާއެކު މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް ވީހާވެސް އަވަހަށް އެ އޮފީހަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެކުރިން 2022 ވަނަ އަހަރު އޮގަސްޓުމަހުގައި ވަނީ، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއެކު ހެދި އިމިއުނިޓީ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު