Saturday, October 31
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވެއްޖެ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.

މައޫލޫމާތު ލިބޭގޮތުގައި އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުން 55 އަހަރުގައެވެ.

ޝުއައިބު އެންމެ ފަހުން ފަރުވާ ހޯއްދެވީ، ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އައްޔަންކުރީ މާޗު 26، 2011ގަ އެވެ. ނޮވެމްބަރު 22، 2022 ގައި އޭނާ ރިޓަޔާކުރެއްވީ، ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ.

ޝުއައިބު ވަނީ ގަތުރު ޔުނިވަސިޓީން ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލު ކުރައްވާފައެވެ. އަދި އޭނާ އަކީ 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ބޭފުޅެކެވެ.

1999 ވަނަ އަހަރުން ފެށިގެން ޝުއައިބު ވަނީ ފަނޑިޔާރު ކަމުގެ މަގާމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު