Saturday, October 31
ހަ ކުއްޖަކު ކާމިޔާބުކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިފި
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ދިޔަ ހަ ކުއްޖަކު ކާމިޔާބުކަމާއެކު ފަރުވާ ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ބުނެފިއެވެ. އެމްބީއެސް އިން ބުނީ މިކަމުން އެނގެނީ އެ ސަރވިސް އިން ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގައި ދެމިތިބޭނެކަން ކަމަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުޞަތު މިދިޔަ އަހަރުގެ އަލުން ފަށާފައިވާއިރު، އޮކްޓޫބަރު މަހުގެ ނިޔަލަށް 14 ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. ސަރުކާރުން ވަނީ ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ބޯންމެރޯ ހެދުމަށް ފޮނުވުމަށް ނިންމައިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، އެ ހޮސްޕިޓަލް ބިނާކުރުމަށް 72،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފައެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭ ގޮތަށް ހަދާ މި ހޮސްޕިޓަލުގައި ލެބޯޓްރީއާއި، ވޯޑްތަކާއި، ޕްރައިވެޓް ރޫމްތަކާއި، އައިސީޔޫއާއި، އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭނެއެވެ. އަދި ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތް ވެސް މި ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު