Friday, November 20
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް އިންވެސްޓިގޭޝަންގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް (30އ.) ކަމަށެވެ.

އޭނާ ހޯދަމުންދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ. މިގޮތުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފައެވެ.

ފުލުހުން ވަނީ 25 ޖަނަވަރީ 2025 ގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހުޅުމާލޭ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު