Saturday, October 31
ރޯދައަށް ބަހާ މަސްދަޅުން 40ގ މަސް އުންޏެއް ނުވާނެ: މިފްކޯ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނިކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ދޮގުކޮށްފިއެވެ. މިގޮތުން މިފްކޯ އިން ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ ކަމަށާއި، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ 140g ބާޒާރަށް ނެރުނީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ، ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށްޓަކައި މިފްކޯއިން މިހާރުން ފެށިގެން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން މިފްކޯއިން އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ގާތްގަނޑަކަށް 100،000 މަސްދަޅު އުފައްދާއިރު، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އުފެއްދުން ވަނީ އިތުރުކުރެވިފައެވެ. ރަމަޟާން މަހަށް އުފައްދާ މަސްދަޅު ކޭސްތައް އަންނަ މަހުގެ ނިޔަލަށް ތައްޔާރުވާނެ ކަމަށް ބެލެވޭއިރު، އެއަށްފަހު މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފެށޭނެއެވެ. މަސްދަޅު ކޭސްތައް ބަހާނެ ގޮތް މިހާރު ދަނީ ރާވަމުންނެވެ. ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި 17 ނޮވެންބަރު 2024 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން ވަނީ މިދިޔަ ރޯދަމަހު ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައި ކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000  ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ރޯދަ މަހުގައި ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ދިންކަން ވަނީ ފާހަގަކުރައްވައިފައެވެ. ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް އެސްޓީއޯއަށް އަންގަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ކޮރަކަލި ނަން - 2025-01-19T18:33:52

    އަހާލަން ބޭނުންވަނީ ރައިޔަތަކަށް ކަމެއްކޮއް ދެއްވައިފީއާ ކަލަމިނަގާގޮތަށް ވާހަކަފުޅު މިހުންނަނީ ރައިޔަތުންނަ މިސަރުކާރު ހިލޭއެހީގެ ގޮތުގަ މިދޭއެއްޗެއްސަކީ ރައީސްގެ އަމިއްލަފުޅު ހަރަދުގައި ބަހާއެއްޗެއްތޯ ރައީސްގެ އަމިއްލަފުޅު ހަރަދުގައި ދެއްވާއެއްޗެއްނަމަ ވަރަށް ޝުރުދަންނަވަން ރައީސްގެ ހަރަދުގައި ރައިޔަތުންނަ ތިޔަކޮއްދެވާކަންތަކަ މަރުހަބާ ދަންނަވަން