Saturday, October 31
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމުގެ މައްސަލަތައް

މި އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވައްކަމުގެ 73 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެއީ މި އަހަރުގެ މިހާތަނަށް ހުށަހަޅަާފައިވާ މައްސަލަތަކުގެ 31.6 އިންސައްތައެވެ.

މި އަހަރުގެ މިހާތަނަށް މާލެ ސިޓީ ޕޮލިހަށް ހުށަހަޅާފައިވަނީ 231 މައްސަލައެވެ.

ވައްކަމުގެ އިތުރުން ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މިފަދަ 53 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އަގުބޮޑެތި އެއްޗެހި ގެއްލިގެން 26 މައްސަލައަކާއި، މަސްތުވާތަކެތީގެ 27 މައްސަލައަކާއި، ތަކެއްޗަށް ގެއްލުންދިނުމުގެ 18 މައްސަލައަކާއި، އެމްބެޒަލްމަންޓްގެ 12 މައްސަލައާއި، ފޭރުމުގެ 09 މައްސަލައާއި، މާރާމާރީގެ 07 މައްސަލައެއް ހިމެނެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރު ނިމުނުއިރު މާލޭ ޕޮލިހަށް 12,624 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރެއިން 3,759 މައްސަލައަކީ ވެސް ވައްކަމުގެ މައްސަލައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު