Saturday, October 31
ޕޯސްޓްމޯޓަމް ހެދުމަށްފަހު ޙުސައިންގެ ހަށިގަނޑު ވަޅުލައިފި

މިދިޔަ ހަފުތާގައި މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ވަޅުލައިފިއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހެނދުނު 9:53 ހާއިރު މަރުވެފައި އޮއްވާ ފެނުނީ މ.ތަރިވިލާގެ ޙުސައިން އަޙްމަދު (41 އ) އެވެ.

ޙުސައިންގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނައީ މިއަދުއެވެ.

ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު އަދި ލިބިފައިނުވާ ކަމަށެވެ.

ޙުސައިންގެ ހަށިގަނޑު ވަޅުލައި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔައީ މިއަދު ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު