Saturday, October 31
ދެ ގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ޑރ.ޝަހީމް ރާއްޖެ ވަޑައިގެންފި

ދެ ގައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ ވަޒީރު ޑރ. ޝަހީމް ޕާކިސްތާނާއި، ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

ވަޒީރު ޑރ. ޝަހީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެއީ އިސްލާމީ މުޖުތަމައުތަކުގައި އަންހެން ދަރީންނަށް ތައުލީމު ދިނުމާ ބެހޭ ގޮތުން ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ވަޒީރު ވަނީ ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާ އާ ބައްދަލުކުރައްވައި ވަޒީރު ޑރ. ޝަހީމް ވަނީ ހައްޖާއި އުމްރާއާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި ވަނީ ސޮއިކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު