އާދިއްތަ, November 1
ފާޑުކިޔުމުގެ ނަމުގައި ރައްޔިތުންނަކީ ނާތަހުޒީބު ބައެއް ކަމަށް ބުނެ ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް: ނައިބު ރައީސް

ފާޑުކިޔުމުގެ ނަމުގައި ރައްޔިތުންނަކީ ނާތަހުޒީބު ބައެއް ކަމަށް ބުނެ ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުމަރު ނަސީރު މަގުމަތިން ސަރުކާރު ވައްޓާލަން ބުނެ ދެއްކި ވާހަކައަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެ ވާހަކައަށް ރައްދު ދީ އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށާއި، އަދި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށެވެ.

އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://twitter.com/HucenSembe/status/1880551448666366233

ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަމުން އުމަރު ނަސީރު ބުނީ، މަގުމަތިން ބޮޑު އިންގިލާބެއް ގެނައުމުގެ ބަދަލުގައި ވޯޓު ފޮށިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށާއި ނަމަވެސް މަގުމަތިން އެކަން ކުރަން ޖެހިއްޖެ ނަމަ ދިވެހިން އެކަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު