ޑޮލަރުން މުސާރަ އަދި ސަރވިސް ޗާޖު ދެމުން އައި ރިސޯޓުތަކުން، ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލު ކުރުން ހުއްޓުވުމަށް، ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ޓީމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިސްޓު ރިސޯޓު އަދި ހޮޓާތަކުގައި މަސައްކަތް ކުރަމުންދާ މަސައްކަތްތެރިންނަށް މިހާތަނަށްވެސް މުސާރައާއި ސަރވިސް ޗާޖު ދެމުން އައިސްފައިވަނީ ޔޫއެސް ޑޮލަރުންކަމީ އެންމެންނަށް އެނގޭ ޙަޤީޤަތެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބައެއް ޚަރަދުތައް ފޫބެއްދުމަށާއި، ލޯނުތައް ދެއްކުމަށް ބޭނުންވާ ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމާ ގުޅިގެން، ރިސޯޓު ހިންގާ ފަރާތްތަކުން ބައެއް ރިސޯޓުތަކުގައި މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމަމުން ދިއުން އެ ޖަމުޢިއްޔާއިން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ޓީމް އިން ބުނީ ޑޮލަރުން ދެމުން އައި މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ލާޒިމްކުރާ އެއްވެސް ޤާނޫނީ ހަމައެއް މިވަގުތަށް އޮތް ކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި، މި ބަދަލު މިހާރު ގެނައުމަށް ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް 3،000 ނުވަތަ 5،000 ރުފިޔާގެ މާލީ ގެއްލުމެއް ނުވަތަ އާމްދަނީ ދަށްވުމަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
"މިފަދަ ބޮޑު އަދަދެއް އާމްދަނީން ކުއްލިއަކަށް ދަށްވުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން"، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް ދަނީ އުފުލެމުން ކަމަށާއި، މިހާލަތުގައި ޑޮލަރުގެ އަގު 15.42ރ. ގައި ހިފެހެއްޓި، އާންމު ބޭންކުތަކަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ ހާލަތަށް މާލީ ހާލަތު ބަދަލުވެ ތަކެތީގެ އަގު ދަށްވެ، އެއް ހަމައެއްގައި ހިފެހެއްޓުމުން މިފަދަ ބަދަލުތަކަށް މަސައްކަތްތެރީން މަރުހަބާ ކިޔާނެ ކަމަށްވެސް ޓީމް އިން ބުނެފައިވެއެވެ.
އަދި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 70 އިންސައްތަ އަކީ ބިދޭސީ މަސައްކަތްތެރިން ކަމަށްވއިރު، އެ ފަރާތްތަކަށް ދިވެހި ރުފިޔާއިން އުޖޫރަ ދިނުމުން އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދަތިވާނެ ކަމަށާއި، މި ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިން އިތުރުކުރުމަށް ގޮވާލާ ކަމަށްވެސް ޓީމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދިވެހި ރުފިޔާއިން މުސާރަ އަދި ސަރވިސް ޗާޖު ނެގުމަށް އެއްބަސް ނުވުމަށާއި، ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައިވެސް ސޮއި ނުކުރުމަށް ޓީމުން ވަނީ ގޮވާލައިފައެވެ. އަދި، މިފަދަ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުން އެކަތިގަނޑަކަށްވެ، މި ބޮޑު މާލީ ގެއްލުމުން ސަލާމަތްވުމަށް އެންމެން އެކީ ނުރުހުން ފާޅުކުރަމުން ގެންދިއުމަށްވެސް އެ ޖަމުޢިއްޔާއިން ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން، ޑޮލަރުން މުސާރައާއި ސަރވިސް ޗާޖު ދެމުން އައިސްފައިވާ ރިސޯޓުތަކުން ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލުކުރުން ހުއްޓުވުމަށް އެ ޖަމުޢިއްޔާއިން ވަނީ ސަރުކާރަށްވެސް ގޮވާލައިފައެވެ.
ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ރިސޯޓުތަކުން ބޭންކުން މާރުކުރަން ޖެހެއެވެ. ނުވަތަ ޑޮލަރުން ލިބޭ އާމްދަނީ 20 އިންސައްތަ ކޮންމެ މަހަކު މާރުކުރަން ޖެހެއެވެ. ސަރުކާރުން މި ގެނައި ބަދަލަށް ގިނަ ވިޔަފާރިވެރިންނާއި ރިސޯޓުތަކުން ވަނީ ދެކޮޅު ހަދައި ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
މި ލިޔުން ކިޔާލުމުން
3 ކޮމެންޓު
“މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ލާޒިމްކުރާ އެއްވެސް ޤާނޫނީ ހަމައެއް މިވަގުތަށް އޮތް ކަމަށް ޤަބޫލުނުކުރެވޭ”
ހަމަ މިމޭރުމުން ބަލާއިރު މުސާރައާ ސާވިސްޗާޖު ޑޮލަރުން ދިނުމަށް ލާޒިމުކުރާ ގާނޫނެއް އެބައޮތްތަ؟ މީ ދިވެހިން. ދިވެހިންނަށް މުސާރަދޭން ދިވެހި ރުފިޔާއިން.
މި ލިޔުން ކިޔާލުމުން
“މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ލާޒިމްކުރާ އެއްވެސް ޤާނޫނީ ހަމައެއް މިވަގުތަށް އޮތް ކަމަށް ޤަބޫލުނުކުރެވޭ”
ހަމަ މިމޭރުމުން ބަލާއިރު މުސާރައާ ސާވިސްޗާޖު ޑޮލަރުން ދިނުމަށް ލާޒިމުކުރާ ގާނޫނެއް އެބައޮތްތަ؟ މީ ދިވެހިން. ދިވެހިންނަށް މުސާރަދޭން ދިވެހި ރުފިޔާއިން. ބޭންކުތަކަށް ޑޮލަރު މާރު ކުރަނީ ސަރުކާރަށް ފައިދާ އަކަށްނޫން ދިވެހި ރައްޔިތުމީހާ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންވީމާ އެމީހާއަށްވެސް ތިބާއަށްވެސް އެޑޮލަރު ދޭންވެގެން
މި ލިޔުން ކިޔާލުމުން
އަޅުގަންޑުހިކުރީ..ރައިސްޖުމުހޫރިއްޔާާ..ޑ.ރ.މުހައްދުމުއީޒުއަކީ.ރާއްޖޭގެރަތްޔިތުއްނައްވަރައް..އޯގާތެރިވާނެބޭފުޅެއްކަމައް..ނަމަވެސްހިތާމަޔާ.އެކުބުނައްމިޖެހުނީރައިސްމުއީޒުއަކީއެއްވެސްވަރަކައް.ރަތްޔިތުއްނައް…ވިސްނަވާބޭފުޅެއްނޫން..ރައިސްމުއީޒު.މަނިކުފާނުބޭނުއްފުޅުވާގޮތަކައްމިއަދު..ކުރެވިދާ.އަދިރިސޯޓުގަމަސަކައްކުރަތްއުޅޭ..އަޅުގަންޑުމެއްދަރިއްނައް.މުސާރައާ..ސައްވިސްޖާޒައްލިބޭ.ޑޮލަރުކޮޅުވެސްތިބޭފުޅާއައްއަތުލެވިދާނެ..ﷲ.އަކުބަރް..މައްﷲއަށްޓަކާއާދޭސްކޮއްފަބުނައް..ރައިސްމުއީޒު.ރަތްޔިތުއްއޯގާތެރިވެ.މިއަދުއާރާއިބާރުލިބުނީމަބޭނުއްގޮތަކައްރަތްޔިތުއްނައްހެދިދާނެ..ނަމަވެސް..ކައްވަޅުގައެކަނިވާހިދުވިސްނާލާ
މި ލިޔުން ކިޔާލުމުން