ބްރޫނާއީ ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން ބްރޫނާއީ ގަވަރމެނޓް ސްކޮލަޝިޕް ޕުރޮގުރާމު 2025/2026 ގެ ދަށުން 5 ޔުނިވަރސިޓީއަކުން ޑިޕްލޮމާ، އަންޑަރގްރެޖުއެޓް ޑިގްރީ އަދި ޕޯސްޓްގްރެޖުއެޓް މާސްޓަރސް ޑިގްރީގެ ފުރުސަތުތައް ރާއްޖެއަށް ވަނީ ލިބިފައެވެ.
އެ އިޢުލާނުގައި ބުނެފައިވާ ގޮތުން މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕްދޭ ފަރާތުންނެވެ. މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ސުންގަޑި އަކީ 15 ފެބުރުވަރީ 2025 ވާ ހޮނިހިރު ދުވަހުގެ ބްރޫނާއީ ގަޑިން 16:00 އެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މި ޕުރޮގުރާމުތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕުރޮގުރާމު ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕުރޮގުރާމެއްކަން ކަށަވަރު ކުރަންވާނެ ކަމަށެވެ.
މީގެ އިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕުރޮގުރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕުރޮގުރާމެއްކަން ކަށަވަރު ކުރަން ވާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން