Saturday, October 31
ދެކުނުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެެރެފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ދެކުނުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. ސަމާލު ނެރެފައިވަނީ މިއަދު 9:30 އިން 13:30 އަށެވެ.

މެޓް އޮފީހުން ވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ލ.މާވަށަށެވެ. އެ ރަށަށް 49.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ވ.ރަކީދުއާއި، އދ.މާމިގިއްޔަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު