އާދިއްތަ, November 1
އަނެއްކާ ވެސް އާޓިފިޝަލް ބީޗް ތެރޭގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިފި

އާޓިފިޝަލް ބީޗު ތެރޭގައި އަނެއްކާވެސް ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އާޓިފިޝަލް ބީޗް ތެރޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް މިރޭ 20:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގެ މަންޒަރު ރިކޯޑު ކުރި ދިވެއްސަކާއި މެދުވެސް އެމީހުން ވަނީ މާރާމާރީ ހިންގާފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުކުރު ދުވަހަކީ އާންމުކޮށް ގިނަ އަދަދެއްގެ ބިދޭސީން މި ސަރަހައްދަށް އެއްވާ ދުވަހަކަށް ވުމާއިއެކު، މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން ހުކުރު ދުވަހު މި ސަރަހައްދުގައި، ބިދޭސީން މާރާމާރީ ހިންގައި މި މައްސަލާގައި ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައިވެސް އާޓިފިޝަލް ބީޗް ތެރޭގައި ވަނީ ބިދޭސީން ތަކެއް މާރާމާރީ ހިންގައިފައެވެ. އަދި މި މާރާމަަރީގައި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު