Saturday, October 31
ވިިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ވިލިމާލޭ މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ދެންމެ ބުނީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަތްކަމުގެ ރިޕޯޓު ލިބުނީ މިއަދު 15:55 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އޮޔާ ދަނިކޮށް އެމްޓީސީސީ ފެރީއަކަށް ނަގައި ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެ މީހާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

'"މީހާ ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތުދީފަ."'

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން މި ހާދިސާ ހިނގީ ވިލިމާލެ ވޯޓާ ސްޕޯޓްސް ބީޗު ސަރަހައްދުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު