Saturday, October 31
ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ އައުމަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

މި މަހުގެ 13 އިން މިއަދުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވިކަން ފާހަގަކުރައްވައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ދައުވަތާއި،
ދެންނެވި ހޫނު މަރުހަބާއާއި، ދީލަތި މެހެމާންދާރީއާއި، މި ދަތުރުފުޅުގައި ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެއްސެވި ކަމަށްޓަކައި އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގައި އެސްޓޯނިއާއާ ގުޅިގެން މަސައްކަތްކުރުމުގެ އާ ބާބެއް ފެށިފައިވާ ކަމަށާއި ޑިޖިޓަލައިޒޭޝަނާއި ތިމާވެށި އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލަކީ ވަރުގަދަ އަދި ހާމަކަން ބޮޑު ވެރިކަމެއް ކުރުމަށް ބައިނައަލްގުވާމީ ރަނގަޅު ބެންޗްމާކެއް ކަމަށާއި އެކަންކަން ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން އުފާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ޑިޖިޓަލް ގަވަނަންސް ފުޅާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު