Saturday, October 31
ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ވ.ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދު ލަޠީފް ސަސްޕެންޑްކޮށްފިއެވެ.

މެޖިސްޓްރޭޓް ޝީރީން ސަސްޕެންޑްކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވުމާ ގުޅިގެންނެވެ.

ޖޭއެސްސީއިން މިއަދު ބުނީ ޝީރީނާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވެފައިވާތީ، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ 15 ދުވަހަށް ކަމަށެވެ.

އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އޭނާގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ޖޭއެސްސީިއިން ޝީރީން ސަސްޕެންޑްކުރަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 01 ވަނަ ޖަލްސާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު