Saturday, October 31
ސައްހަ ނޫން ފޯމުތަކުގެ މައްސަލަ އެމްޑީޕީއިން ފުލުހަށާއި އޭސީސީއަށް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް ބުނާ މައްސަލަ އެމްޑީޕީއިން ފުލުހުންގެ އިދާރާއާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭހެން އެ މީހުންނަށް ނޭނގި ގިނަ ބަޔަކު ޕީއެންސީއަށް ވައްދަން ފޯމު ހުށަހެޅި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މީގެއިތުރުން ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު