އާދިއްތަ, November 1
އެޗްޑީސީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑެނީ

މެއިންޓަނަންސް މަސައްކަތެއް ކުރުމުގެ ގޮތުން ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެޗްޑީސީ އިން މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނެއްގައި ބުނީ އެޗްޑީސީ އައިޓީ މެއިންޓަނަންސް މަސައްކަތެއް ކުރުމުގެ ގޮތުން ނެޓް ވޯކް، އިންޓަރނެޓް އަދި ކޯލް ސެންޓަރުގެ ހިދުމަތްތަށް މެދުކެނޑޭނެ ކަމަށެވެ.

އަދި މި ހިދުމަތްތަށް މެދުކެނޑޭނީ މިރޭ 20:00 އިން 22:00 އަށް ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީއިން ވަނީ މައާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު