އާދިއްތަ, November 1
ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މީހާ ހޯދަމުން ދަނީ އުޅޭތަނެއް ނޭނގި ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހޯދަމުން ދަނީ އިސްމާޢީލް އަޙްމަދު، ގއ. ދާންދޫ / ސޯސަންގެ، (37އ) އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

އިސްމާޢީލް އަޙްމަދު ހާޒިރު ކުރަނީ މައްސަލާގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް 2025 ޖަނަވަރީ 23 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް ފުލުހުން އެމީހާއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު