އާދިއްތަ, November 1
އޭ ލެވެލް ނަތީޖާ ދޫކުރަން ފަށައިފި

2024 އޮކްޓޫބަރު މަސް އަދި ނޮވެމްބަރު މަހު ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ 2024 އޮކްޓޫބަރު އަދި ނުވެމްބަރު މަހު ބޭއްވުނު އެޗް.އެސް.ސީ އަދި އެޑެކްސެލް އޭލެވަލް އިމްތިހާނުގެ ނަތީޖާ 2025 ޖެނުއަރީ 16 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަމުން ދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަތަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ.

އަދި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ ޑިޕާޓްމަންޓުން ކަމަށެވެ.

https://twitter.com/dpemv/status/1879814596644725174

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30އިން މެންދުރު 13:30 އަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު