އާދިއްތަ, November 1
ބްރޯޑްކޮމް އަށް މުހަންމާ އާއި ސަރާހަތު ޢައްޔަނުކުރަން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ހއ. އިހަވަންދޫ، އުސްއަކުރުގެ، މުޙައްބަދު ޢަބްދުﷲ (މުހަންމާ) އާއި ގ. ގޮފި، އާމިނަތު ސަރާހަތު ޢިއްޒަތު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރްޔަމް ވަޙީދާއާއި، އާއި މެންބަރު ޢަލީ ޔޫސުފްގެ މެންބަރުކަމުގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހު ހަމަވުމުންނެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރާހަތު ޢައްޔަނުކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓުދީފައިވާއިރު، މުހަންމާ ޢައްޔަނުކުރަން ވޯޓުދެއްވީ 58 މެންބަރުންނެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ޢާއްޔަނުކުރަން ކޮމިޓީން ދެވަނައަށް އެންމެ މަތިން މާކުސް ދިން ޝިފްޒާ މުސްތަފާ އެ މަޤާމަށް ޢައްޔަނުކުރުމާމެދު މެންބަރުންގެ ވޯޓަކަށް އެހުމުން، 50 މެންބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބްރޯޑްކޮމް އަށް ޢައްޔަނުކުރުމަށް އެންމެ މަތިން މާކުސް ދީފައިވަނީ ސަރަހާތަށް ކަމަށްވާއިރު، ދެވަނަ އެންމެ މަތިން މާކުސް ލިބުނީ ޝިފްޒާ އަށެވެ. އަދި ތިންވަނަ މުހަންމާ އާއި ހަތަރުވަނަ އަށް އެންމެ ގިނައިން މާކުސް ލިބުނީ ޝިމްލާ އަޙްމަދަށެވެ.

ދެ މެންބަރުންނަށް ރުހުން ލިބުމުން، ކޮމިޓީ ލިސްޓުގައި ހަތަރުވަނަ އަށް އިންނެވި ނޫސްވެރިޔާ، ޝިމްލާ އަޙްމަދުގެ ނަމަށް ވޯޓަށް އަހާފައި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު