އާދިއްތަ, November 29
އީސީގެ މެންބަރުކަމަށް ޒާހިދާއި ޞަލާޙް ޢައްޔަނުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މުޙައްމަދު ޒާހިދު ދަފްތަރު ނަންބަރު ރސ 1548 އާއި، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޯޒް/ކ.ހުރާ ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އީސީގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި ޢަލީ ނަޝާތުއާއި، މެންބަރު ކަމުގައި ހުންނެވި މުޙައްމަދު އާސިފް މަގާމުން ވަކިކުރުމަށް މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒާހިދާއި ޞަލާޙް އީސީ އަށް ޢައްޔަނުކުރުމާމެދު ރުހުން ހޯދުމަށް ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ. މިގޮތުން މި ދެ ބޭފުޅުންވެސް އީސީ އަށް ޢައްޔަނުކުރަން ފާސީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާޤުންނެވެ.

ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ނައިބު ރައީސްކަމާއި، ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ޞަލާޙަކީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު