Saturday, October 31
ފަލަސްޠީނު އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަވަސް އެހީތެރިކަމެއް ވުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނު އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަވަސް އެހީތެރިކަމެއް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މިގޮތުން އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ 15 މަސް ދުވަހުގެ ޤަތުލުޢާންމަކަށް ފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ވާހަކަ އަޑުއިވިވަޑައިގަތުމުން އުފާވި ކަމަށެވެ.

އަދި، މި އެއްބަސްވުމަށް މަގުފަހިކޮށްދެއްވި ޤައުމުތަކަށް ދިވެހިރާއްޖެއިން ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، ހަމަލާތައް ހުއްޓާލަން ނިންމި ނިންމުން ދެމެހެއްޓޭކަން ކަށަވަރުކުރުމަށާއި، ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް އެނބުރި އެމީހުންގެ ގެތަކަށް ދިއުމުގެ ފުރުޞަތު ދިނުމަށާއި، އިންސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލައްވައިފައެވެ.

އަދި، އިޒްރޭލުން ފަލަސްޠީނަށް ބަދަލުދިނުމަށް ގޮވާލައި އެމަނިކުފާނު ވަނީ، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްޠީނަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، އަލުން ޤައުމު ބިނާކުރުމަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސްކުރައްވައިފައެވެ.

ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ، ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ފަލަޞްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ސައްލޭ - 2025-01-16T11:21:15

    ކައްޒާބުގެ ގޮވާލުމަށް އިޖާބަ ދޭނެ. އިޒްރޭލުން ޖެހިލުންވާނެ.