Saturday, October 31
ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުންދިނުމަށް ރާއްޖެއިން އެސްޓޯނިއާއާއެކު ސޮއިކޮށްފި

ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތުގައި އެއްބާރުލުންދިނުމަށް ރާއްޖެއިން އެސްޓޯނިއާއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ވަޒީރު ޢަލީ އިޙްސާނެވެ.

އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރސް އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޯސްޓާއެވެ.

މިއީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެކެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީި އެމަނިކުފާނުގެ އަމާޒާ އެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުމެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އެމަނިކުފާނު ވަރަށް އިސްކަންދެއްވާ ކަމެކެވެ.

އެގޮތުން އެ އަމާޒަށް ވާސިލުވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު