Wednesday, November 18
ސިޔާސީ ހަރަކާތް ހިންގާ ތަންތަނަށް ކަޅު ތެޔޮ ޖަހާ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު އަމަލެއް: ޢަމްރު
ސިޔާސީ ހަރަކާތް ހިންގާ ތަންތަނަށް ކަޅު ތެޔޮ ޖަހާ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ. ޢަމްރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ބުނެ އެ ޕާޓީން ކުރި ޕޯސްޓު ރީޕޯސްޓްކުރައްވައި ޢަމްރު އިތުރަށް ވިދާޅުވީ، އުމްރާނީ އަދި އިޤްތިސާދީ ތަރައްގީ ވެސް ގެނެވޭނީ ވިސްނުން ތަރައްގީވެގެން ކަމަށެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ފަރާތުން ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް 15 ޖެނުއަރީ 2025 ގެ މެންދަމު 1:00 ހާއިރު ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި، އެ މައްސަލަ ބަލައިދިނުމަށް އެދި ރަސްމީކޮށް އެ ޕާޓީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ޕާޓީން ވަނީ އެމްޑީޕީގެ މެންބަރުން އޮޅުވާލައިގެން ކޮންގްރެސް ޕާޓީ އަށް ވެއްދުމުގައި އިސްކޮށް އުޅޭ ކަމަށް ބުނާ ފަރާތްތަކުގެ ފޮޓޯތައް ހަރުގޭގެ ބޭރުގައި އާންމުކޮށްފައެވެ. މިގޮތުން އިއްޔެ ހަވީރު ހަރުކުރި ފޮޓޯތަކަކީ އެމްޑީޕީގެ މެންބަރުން ޕީއެންސީ އަށް ވެއްދުމަށް ފޯމު ފުރިއިރު، އެ ފޯމުތަކުގައި ޒިންމާދާރުގެވެރިޔާ އާއި ހެކީންގެ ގޮތުގައި ސޮއިކުރި ފަރާތްތަކާއި، އިނގިލީގެ ނިޝާން އެޕްރޫވް ކުރި ފަރާތްތަކުގެ ފޮޓޯތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން އަލިފު ޙާ! - 2025-01-15T16:55:28

    ސިޔާސީ ޙަރަކާތް ހިންގާ ތަންތަން އެކަންޏެއްނޫން! އިޖުތިމާއީ އެއްވެސްތަނަކަށް ވެސް އަދި މީހުން ދިރި އުޅޭ ތަންތަންވެސް ހިމެނެނީ ޙުރުމަތްތެރި ވެގެންވާ ތަންތަނުގެ ތެރޭގައެވެ. ކަޅުތެޔޮ ޖެހުމަކީ އެމްޑީޕީގެ ސުންނަތެކެވެ. އެންމެފުރަތަމަ އެމީހުން ކަޅުތެޔޮ ޖެހީ ކެނެރީގެއަށެވެ. އެއީ ޑީއާރުޕީގެ ބޮލުގައި އެކަން އަޅުވާންވެގެނެވެ. މިސްކިތްތަކަށް ގައު އުކައި ޚަތިމުތަކުގައި ނަޖިސް އުނގުޅީވެސް އެމީހުންނެވެ. ތި ކަންތައްވެސް އެމީހުން ފަހަނަ އަޅައި ނުދާނެތެވެ. ލާ ޝައްކު!!!