Saturday, October 31
ލަމްހާ ދޫކޮށްލި މައްސަލަ އަލުން ބަލަން އަންގައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ، ބަންދުން ދޫކޮށްލި މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފިއެވެ.

މި މައްސަލައާ ގުޅިގެން ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް މިދިޔަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ، ދައުލަތުން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ. ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅީ ނޮވެންބަރު 14 ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންނި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް ވަނީ ތާއީދުކޮށްފައެވެ. އެ ނިންމުން އިސްލާހުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޑިސެންބަރު 16 ވަނަ ދުވަހުއެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މޭރީ މަަރައިލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އެ އަހަރުގެ އޮކްޓޫބަރު 27 ގައެވެ. އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ލަމްހާ ހައްޔަރުކުރީ އެ އަހަރުގެ ޑިސެންބަރު 16 ގައެވެ.

ލަމްހާއާއި މާވިން އަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އައި ދެ ނަރުހުންނެވެ.

މޭރީ މަރައިލިކަމުގެ ތުހުމަތުގައި މާވިންގެ މައްޗަށްް ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަލިބެ ހުޅުމަަލެ - 2025-01-15T15:58:58

    މުޖްރިމުންނަށް ލުއިދީ ދޫކޮރުމަކީ ގިނަ ފަޑިޔާރުންގެ ކަށީގައި ހިފާފަހުރި އާދައެކެވެ.. އަދި ގިނަފަހަރަށް އަންހެން ކުއްވއރިންނަށެވެ.