Wednesday, November 18
އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހަށް ހުށަހަޅައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ފަރާތުން ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް 15 ޖެނުއަރީ 2025 ގެ މެންދަމު 1:00 ހާއިރު ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ރަސްމީކޮށް އެ ޕާޓީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ޕާޓީން ވަނީ އެމްޑީޕީގެ މެންބަރުން އޮޅުވާލައިގެން ކޮންގްރެސް ޕާޓީ އަށް ވެއްދުމުގައި އިސްކޮށް އުޅޭ ކަމަށް ބުނާ ފަރާތްތަކުގެ ފޮޓޯތައް ހަރުގޭގެ ބޭރުގައި އާންމުކޮށްފައެވެ. މިގޮތުން އިއްޔެ ހަވީރު ހަރުކުރި ފޮޓޯތަކަކީ އެމްޑީޕީގެ މެންބަރުން ޕީއެންސީ އަށް ވެއްދުމަށް ފޯމު ފުރިއިރު، އެ ފޯމުތަކުގައި ޒިންމާދާރުގެވެރިޔާ އާއި ހެކީންގެ ގޮތުގައި ސޮއިކުރި ފަރާތްތަކާއި، އިނގިލީގެ ނިޝާން އެޕްރޫވް ކުރި ފަރާތްތަކުގެ ފޮޓޯތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު