Saturday, October 31
އެސްޓޯނިއާގެ ޑިޖިޓަލް އީޖާދުތައް އަދި ސްޓާޓަޕް އިކޯސިސްޓަމަކީ ރާއްޖެއަށް ހުރި ނަމޫނާއެއް: ރައީސް
އެސްޓޯނިއާގެ ޑިޖިޓަލް އީޖާދުތައް އަދި ސްޓާޓަޕް އިކޯސިސްޓަމަކީ ރާއްޖެއަށް ހުރި ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިގޮތުން އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްވަރާތަކަށްޓަކައި އެ ޤައުމުގެ ރައީސް އަށް ޝުކުރު ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެސްޓޯނިއާގެ ޑިޖިޓަލް އީޖާދުތަކާއި ސްޓާޓަޕް އިކޯސިސްޓަމުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މުހިންމު ނަމޫނާއެއް ކަމަށެވެ. މީގެ އިތުރުން އާންމު އަދި އަމިއްލަ ސެކްޓަރގެ އީޖާދީ ކުރިއެރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު އިއްޔެ ބޭއްވި ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސް ވަނީ، ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއް ކަމަށާއި، ޢަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު