Saturday, October 31
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން އިންތިހާބުކޮށްފި އެވެ.

ރައީސް ކަމަށް މިރޭ ފިރުޝާން އިންތިހާބުކޮށްފައި ވަނީ އެ ޕާޓީގެ ރައީސްގެ މަގާމުގެ ޒިންމާތައް ފުރުއްވަމުން ގެންދެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އިއްޔެ އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.

ޑިމޮކްރަޓްސް އިން ބުނީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުން ވޯޓު ނެގީ، އެ ޕާޓީގެ ދެ ނައިބުން ކަމަށްވާ އާއިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާނާ ދެ ބޭފުޅުންގެ މެދުގައި ކަމަށެވެ.

ވަގުތީ ގޮތުން ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ކަނޑައެޅުމަށް، ގައުމީ މަޖިލީހުން ނެގި ސިއްރު ވޯޓު ފިރުޝާން ކާމިޔާބު ކުރައްވާފައިވަނީ 29 ވޯޓުންނެވެ. އަލައިކާއަށް ލިބިފައިވަނީ 14 ވޯޓެވެ.

ފިރުޝާން އިންތިހާބުކުރީ، ދާއިމީ ރައީސެއް ހޮވަންދެން، ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ކަމަށާއި، އެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ރައީސެއް ހޮވަން ވެސް ފާސްކޮށްފައި ކަމަށް ޑިމޮކްރަޓްސް އިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު