އައު ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށި ފަހުން ޤާނުނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ބޭސްސިޓީއަށް ސަލާން ޖެހުން ހުއްޓުން އަލުން އިޢާދަކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ތަރުޖަމާނު، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، ޤައުމީ މަޖިލީހުގެ ނިންމުމާއެކުއައު އެމްޑީޕީ ރަސްމީކޮށް މަގުމަތީ ހަރަކާތްތައް ފަށައިގަންނަނީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ގެންދާ މިޞްރާބުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ ކަމަށެވެ.
"50 އެތައް މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ހުސްކޮށްފި. ހަމައެކަނި ކުރި ކަމަކީ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުން. ރައްޔިތަކަށް ވީ ފައިދާއެއް އެކަމަކުއެއް ނެތް. އާސަންދަ އޭގެއިން ކަނޑާލައިފި. ބޭސްފަރުވާއަށް ހުރި ފައިސާއިން ރައީސް ޑރ. މުޢިއްޒު ޕްރޮމޯޓްކުރުމަށްޓަކައި ޤާއިމުކުރާ ޓީވީ ސްޓޭޝަނަކަށް ޚަރަދުކުރުމުގެ މަސައްކަތް އެބޭފުޅުން ފައްޓަވަން އުޅުއްވަނިކޮށް އަޅުގަނޑުމެންނަށް އެކަން ފަޅާއަރައިގެން އެ މަސައްކަތް ހުއްޓިއްޖެ"، އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ، މި ސަރުކާރުން ޤައުމުގެ މިޞްރާބު ގެންދަން ގަސްދުކުރަނީ މިހެން ކަމަށާއި، މިކަންތައްތައް ހުއްޓުވުމަށް އެމްޑީޕީގެ ފަރާތުން 31 ޖަނަވަރީ އާ ހަމައަށް ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. މިގޮތުން މާލޭގެ އެކި ކަންކޮޅުތަކުގައާއި ކުރިއަށް އޮތް ތަނުގައި އެހެން ދިމަދިމާލުގައިވެސް ރޭވިގެން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން