އާދިއްތަ, November 1
މެންބަރު ޒިޔާދުގެ ނަމުގައި ވަގު ފޯމު ހުށަހެޅި މީހުންނަށް ފިޔަވަޅު އަޅާނަން: އީސީ

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު އަށް ނޭނގި، ޕީއެންސީއަށް ވެއްދި މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ފޯމު ބާތިލުކޮށްފައިވާ ކަމަށާއި މިކަމާ ގުޅިގެން ޒިޔާދުގެ މެންބާޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެ ބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށް ޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މި ކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ވެސް އަރުވާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު