Saturday, October 31
އީސީއަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާންޖެހޭ: އިބްރާހިމް މުޙައްމަދު ޞާލިޙް

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙް އާންމު އެތައް ރައްޔިތެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، އޮޅުވާލައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން އިތުރުކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން މި އެނގުނީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކަ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭތޯ ސުވާލު އުފެއްދެވިއެވެ.

'"އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެއެވެ."'

އެމްޑީޕީއިން މިއަދު ވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ޕީއެންސީއަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ.

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން ގެނެސްފައިވާ ކަމަށާއި، އެ މައްސަލާގައި އީސީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު