Saturday, October 31
ރައީސް ޑރ.މުޢިއްޒު ފެނިގެންދަނީ ހެޔޮ ވެރިކަމެއް ކުރައްވަމުން ޕާޓީ އެންމެ ވަރުގަދަ ކުރެއްވި ބޭފުޅެއްގެ ގޮތުގައި: ޝިޔާމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެނިގެން މިދަނީ ހެޔޮ ވެރިކަމެއް ކުރައްވަމުން ޕާޓީ އެންމެ ވަރުގަދަ ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްޓިވިސްޓެއް ކަމަށްވާ އަޙުމަދު ރަޝީދު (ދޮންކޮޅު) ވެރިކަން ކުރާ ޕީއެންސީއަށް މިއަދު ސޮއިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަޙްމަދަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އޭނާއަކީ އެމްޑީޕީއަށް ވަރަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވި ވަރުގަދަ އެކްޓިވިސްޓެއް ކަމަށެވެ.

'"އެމްޑީޕީގެ ސިޔާސަތުތައް މަގުން ކައްސާލުމާއި ޕީއެންސީގެ ވެރިކަން ރައްޔިތުން އެންމެ އެދޭ ގޮތަށް ދާތަން ފެނިވަޑައިގެން މިއަދު މި ނިންމެވި ނިންމެވުމަށް އަދިވެސް އެއްފަހަރު މަރުހަބާ ދަންނަވަން."'

އުންމީދު ކުރައްވަނީ އަދި ދައުވަތު ވެސް ދެއްވަނީ ތަފާތު ވިސްނުމުގައި ތިއްބެވި އެހެން ބޭފުޅުން ވެސް ޕީއެންސީއާ ގުޅިވަޑައިގެން ރައީސް ޑރ. މުޢިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ހަފުލާއެއްގައި އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް ޑރ. މުޢިއްޒާއެވެ.

އެކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަޙްމަަދަށް މަރުހަބާ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު