އާދިއްތަ, November 1
ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރުވާން ކޮމިޓީއެއް އުފައްދައިފި

މާދަމާ އިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރުވާން މާލޭ ސިޓީ ކައުންސިލުން ކާރިސާ ކޮމިޓީއެއް އުފައްދައިފި އެވެ.

ސިޓީ ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަ ވެދާނެ ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، ކައުންސިލުން ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އަދި އެންމެ ބޮޑަށް ފެން ވަންނަ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މެޓުން ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މެޓުން ވަނީ އެ އިދާރާ އިން ނެރޭ އެންމެފަހުގެ މޫސުން ލަފާކުރާގޮތާއި މޫސުމީ ސަމާލާއި އިންޒާރުތައް އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު