އާދިއްތަ, November 1
އެމްއެންޑީއެފާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ތަމްރީނެއް ފަށައިފި

އެމްއެންޑީއެފާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ތަމްރީނެއް ފަށައިފިއެވެ.

އެކްސަސައިޒް ފްލޭޝް މެޓަލް 2025 – 7006" ގެ ނަމުގައި ފެށި މި ތަމްރީން ފެށުމުގެ ގޮތުން ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރު، މޭޖަރ މޫސާ ނިޔާޒް އެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި ތަމްރީން ކުރިއަށްދާނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ .އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގަ އެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވާ ކަމަށެވެ.

މި ތަމްރީނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.

މި ތަމްރީނަކީ، އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީން ތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު