Saturday, October 31
ދެ ރަށެއްގައި ސިހުރުގެ މައްސަލަތަކަކާ ގުޅޭ އޮޕަރޭޝަންތަކެއް ހިންގަނީ

ރ. އަތޮޅުގެ ދެ ރަށެއްގައި ސިހުރުގެ މައްސަލަތަކަކާ ގުޅޭ އޮޕަރޭޝަންތަކެއް ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރ.އަލިފުށި އަދި ރ.މީދޫގައި ދަނީ އޮޕަރޭޝަންތަކެއް ހިންގަމުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި އޮޕަރޭޝަންގައި އަލިފުށިން ފަސް ގެއެއް، އަދި މީދޫ އިން ހަ ގެއެއް ބަލާ ފާސްކޮށް، މިގެ ތަކުން ސިހުރު ހަދާ ކަމަށް ޝައްކު ކުރެވޭ އާލާތްތަކެއް ނަގައިފާވެއެވެ.

ފުލުހުން ބުނީ އިތުރު މައޫލޫމާތު ފަހުން ހިއްސާ ކުރެވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު