ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން އެކްސްގަައި ހިއްސާކުރި ޕޯސްޓުގައި ބުނީ ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އުމޭޝް މާންޖީ (41އ) އެވެ.
އުމޭޝް މާންޖީ ހޯދަމުންދަނީ 2024 ޑިސެންބަރު 14 ވަަނަ ދުވަހުގެ ހެނދުނު 07:00 އެހާކަންހާއިރު އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1ގެ ޓެމް ޕްލޭން 61 އިން ނިކުމެގެން ދިޔަފަހުން އެއްވެސް ފަރާތަކަށް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައި ނުވާ ކަމަށެވެ.
އުމޭޝް މާންޖީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މި ލިޔުން ކިޔާލުމުން