Saturday, November 14
ވިސާ ނެތި ހުޅުމާލޭގައި ވިޔަފާރިކުރަމުން ދިޔަ 6 ބިދޭސީން އަތުލައިގެންފި

ޞައްޙަ ވިސާއެއްނެތި ޤަވާއިދާ ހިލާފަށް ހުޅުމާލޭގައި ވިޔަފާރިކުރަމުން ދިޔަ 6 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، ހުޅުމާލެ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މިދިޔަ ޑިސެމްބަރ 30 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 08 ކެފޭ/ހޮޓާ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި، މިދިޔަ އަހަރު 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން ފާތުމަ - 2025-01-12T18:45:19

    ނައިޓް މާކެޓް އެއްހުޅުވައިގެން އުޅޭސަރަހައްދަކަށް ދޭބަލަ ކިތައްބިދޭސީން ވިޔަފާރި ކުރޭތޯ