Saturday, November 14
އުމްރާއަށްދިޔަ ދިވެއްސަކު ނިއުމޯނިއާ ޖެހި މައްކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި

އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކަށް ނިއުމޯނިއާޖެހި، އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ބަލި މީހާގެ ގާތުގައި އާއިލާގެ މީހަކު މިވަގުތު ނެތް ނަމަވެސް  އެމީހާ އުމްރާއަށް ގެންދިޔަ ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅަށް އަޅާލާކަމަށެވެ.

މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި  ފަރުވާދެނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާގެ ދަރިޔަކު މާދަމާ މައްކާއަށް ދާނެ ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބަލި ޚަބަރު ލިބުމާއެކު އެބޭފުޅާގެ ދަރިޔަކު މާދަމާ މައްކާއަށް އެބައާދެ. އެ ދަރިފުޅާވެސް އަޅުގަނޑުވާނެ މިއަދު ވާހަކަ ދައްކާފަ، އިންޝާ ﷲ ގާތުން މިކަންކަން ބަލާނަން" މިނިސްޓަރ ވިދާޅުވިއެވެ.

އެ މީހާއަށް ފަރުވާދެމުން ދަނީ މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އެއީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އަހަރުގެ ޑިސެމްބަރު އުމްރާއަށް ރާއްޖެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާއަށް ދިޔައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު