Monday, November 2
މިދިޔަ އަހަރު ޖޭއެސްސީ އަށް ހުށަހެޅުނު މައްސަލަތައް %43 ދަށަށް

ނިމިދިޔަ 2024 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ޝަކުވާތަކުގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު %43 ދަށްވެފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖޭއެސްސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެ ކޮމިޝަނަށް 390 ޝަކުވާ ލިބުނުއިރު، 2023 ވަނަ އަހަރު ލިބުނީ 314 ޝަކުވާއެވެ. އަދި 2024 ވަނަ އަހަރު ހުށަހެޅިފައިވަނީ 179 ޝަކުވާއެކެވެ.މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %42.99 ދަށް އަދަދެކެވެ.

މިދިޔަ އަހަރު 43 މައްސަލައެއް ތަޙުޤީޤުކޮށްފައިވާއިރު، އޭގެ ތެރޭގައި 28 އައު މައްސަލައަކާއި ކުރީ އަހަރުތަކުގެ 15 މައްސަލައެއް ހިމެނެއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގައި 21 މައްސަލައެއް އޮތްއިރު، އިތުރު 31 މައްސަލައެއް ބެލުމަށް ނިންމައި ތަޙުޤީޤުކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި 149 މައްސަލައެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައި ނުވާ ކަމަށް ވަނީ ނިންމައިފައެވެ. މި ކޮމިޓީގެ 73 ބައްދަލުވުމެއް މިދިޔަ އަހަރު ބާއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު