އާދިއްތަ, November 29
މިފްކޯގެ ސީއެފްއޯގެ މަޤާމުން އިލްޔާސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ގެ މަޤާމުން އިލްޔާސް ޙަނީފް އިސްތިއުފާ ދެއްވައިފިއެވެ.

މިފްކޯގެ ސީއީއޯގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ސަމާހުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު އޭނާ މަޤާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމުމާ ގުޅިގެން، މިފްކޯ ހިންގުމާ ހަވާލުކުރީ އިލްޔާސް އާއެވެ.

މިދިޔަ ޑިސެންބަރު މަހުގެ ކުރީކޮޅު މިފްކޯގެ އައު ސީއީއޯ އަކަށް ޔޫކްރެއިނަށް އުފަން، މިހާރު ސްވިޓްޒަރލޭންޑްގައި އުޅުއްވާ ޑރ. ވިޓާލީ ލުބިމޮވް ޢައްޔަންކޮށްފައިވީ ނަމަވެސް، އޭނާ އަދި ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައި ނުގަންނަވާތީ، އިލްޔާސްގެ އިސްތިއުފާއާއެކު ދެން މިފްކޯ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޖެނެރަލް މެނޭޖަރ، ޙާމިދު ނަޒީމާއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އިލްޔާސް މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު