Friday, November 20
ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ފުލުހަކު ޔޫއޭއީ އަށް

ދުބާއި ޕޮލިސް އާއި ރޮޗެސްޓަރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ - ދުބާއި އިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް" ކޯހުގައި ބައިވެރިވުމަށް ކޮންސްޓަބަލް އާމިނަތު މުޝްރިފާ އެކުވެރި އަރަބި އިމާރާތުގެ ދުބާއިއަށް ފުރައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ކޯހަކީ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ރެސިޑެންޝަލް ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތައް އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ކުރިއެރުން ގެނެސްދޭނެ އައު ވިސްނުންތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.

މިއީ 8 އެކަޑަމިކް މޮޑިއުލްއާއި 5 ޓެކްޓިކަލް މޮޑިއުލް ހިމެނޭ، ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި ކޯސް ކުރިއަށްދާނީ 13 ޖަނަވަރީ އިން 10 މޭ 2025 ގެ ނިޔަލަށެވެ.

ފުލުހުން ބުނީ މި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަރޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ހިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނޭ ކަމަށާއި، ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު