Tuesday, November 10
އެމްއެމްޕީއާރުސީގެ ފުރަތަމަ ބޯޑް ބައްދަލުވުން އުކުޅަހުގައި ބާއްވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ  މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގަ ބާއްވައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ބައްދަލުވުން އުކުލަހުގައި ބޭއްވީ ލޯކަލް ޓޫރިޒަމަށް ޕްރޮމޯޓްކޮށް އެކަމަށް ކުރާ ތާޢީދު ދެއްކުމުގެ ގޮތުން ކަމަށެވ. އަދި ކުރިއަށް އޮތް ތަނުގައި ރަށުގެ އާއްމުންނާއި ގާތުން މަސައްކަތްކޮށް ރާއްޖެއަށް ދަތުކުރާ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.

އުކުޅަހުގަ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒް އާއި ބޯޑު ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުގައި އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ  އެރަށުގެ ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާ ވެސް ބައްދަލުކުރައްވާފައެވެ.

އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު