Tuesday, November 10
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެންސް އެޑިޝަން މިފަހަރު އައްޑޫ ސިޓީގައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2025ގެ، ވިމެންސް އެޑިޝަން، އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު  ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ.

ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ، އެމްއެމްޕީއާރްސީ، އައްޑޫ ސިޓީ ކައުންސިލް، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެކި ޖަމްޢިއްޔާތަކާއި ގުޅިގެންން ބާއްވާ މި ކޮންފަރެންސްގައި ފައިނޭންޝަލް ލިޓްރައސީ ފަދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި އަދި ޕެނަލް ޑިސްކަޝަން ތަކުގައިވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އަންހެނުންކަމަށް މަޓާޓޯއިން ވިދާޅުވެއެވެ.

މިފަހަރުގެ ޓޮޕިކް ތަކުގެ ތެރޭގައި އައްޑޫ ސިޓީ ގައި ދިރިއުޅޭ އަންހެނުންނަށް ހުރި ފުރުޞަތުތަކާއި، ރިސޯޓްތަކުގައި އަންހެނުން މަސައްކަތް ކުރުމައި މެދު މުޖުތަމައު ދެކޭ ނުރަގަޅު އާދަތަކައި ގުޅޭގޮތުން ވާހަކަދެއްކުން ހިމެނެއެވެ.

މި ކޮންފަރެންސަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެހީތެރިކަން ފޯރުކޮށްދޭ އަދި ހަމަހަމަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް މަޓާޓޯއިން ބުނެއެވެ.

ވިމެން މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އަކީ މަޓާޓޯއިން މިދިޔަ އަހަރު މުޅިން އަލަށް ތަޢާރަފްކުރި ކަމެކެވެ. މިދިޔަ އަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު